ރަންވީރު ސިންގް އާއި ސާރާ އަލީ ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމު ސިމްބާ ވަނީ މިމަހު 28 ގައި ރިލީސްކޮށްފައެވެ.
ފިލްމު ރިލީސްކުރިތާ ދެދުވަސްވެފައިވާއިރު ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުން ކަމަށް މީޑިއާ ރިޕޯޓް ތަކުގައި ވެއެވެ. އެގޮތުން ފިލްމު އެޅުވި ދުވަހު އެކަނިވެސް ފިލްމަށް 21 ކަރޯޑް އާއި 20 ކަރޯޑްގެ އިންޑިއަން ރުޕީސް ލިބުނު ކަމަށެވެއެވެ.
މީޑިއާ ތަކަށް މިވަނީ ފިލްމާ ގުޅޭ އެހެން ކަމެއްވެސް ތިލަވެފައެވެ. ފިލްމު އަސްލު އޮތީ ޑިސެމްބަރު މަހު ކުރީ ކޮޅު ރިލީސް ކުރާ ގޮތަށް ހަމަޖެހިފައެވެ. ނަމަވެސް ފިލްމުގެ ކޯ ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ ފަހު ވަގުތު އެކަން ހުއްޓުވާފައެވެ. އަދި ސިމްބާ ފިލްމު ޒީރޯގެ ފަހުން ރިލީސް ކުރުނަށް ކަރަން ވަނީ އަންގާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކަރަން މިކަން ކުރީ ފިލްމު ޒީރޯ އަށް ފުރުސަތު ދިނުމުގެ ބޭނުމުގައެވެ. ޒީރޯ އަކީ ޝާހުރުކް ޚާން ގެ ފިލްމެކެވެ. ކަރަން އަދި ޝާހު އަކީ ވަރަށް ގާތް ދެ ރަހްމަތްތެރިންނެވެ.
ޒީރޯ އަށް ބޮކްސް އޮފީހުގައި ހީކުރިވަރުގެ ކާމިޔާބީއެއް ލިބިފައި ނުވެއެވެ. އާނަންދު ރާއީ ޑައިރެކްޓްކޮށްފައިވާ ފިލްމު ޒީރޯގައި ޝާހު އާއި އެކު އަނުޝްކާ ޝަރުމާ އަދި ކެޓްރީނާ ކައިފް ލީޑް ރޯލުގައި ފެނިގެން ދެއެވެ.