ބޮލީވުޑް

"ޔޭރިޝްތާ ކިޔާ ކެހެލަތާ ހޭ" ގެ އެކްޓްރެސް ޕަރުލް ޗައުހަން މާފުށީގައި

މުހައްމަދު އައުޒަމް

"ޔޭރިޝްތާ ކިޔާ ކެހެލަތާ ހޭ" ގެ އެކްޓްރެސް ޕަރުލް ޗައުހަން އާއި ބައިވެރިޔާ ޗިރަގް ތައްކަރު މާފުށީގައި ހަނީމޫން ހޭދަކުރަމުން އެބަދެއެވެ.

މިމަހުގެ 12 ވަނަދުވަހު ޕަރުލް ޗައުހަން އާއި ބައިވެރިޔާ ޗިރަގް ތައްކަރު ކައިވެނި ކުރުމަށްފަހު ވަނީ ނޭޕާލްގެ ކަތަމަންޑޫގައި ހަނީމޫން ހޭދަކޮށްފައެވެ.

ޕަރުލް އާއި ޗިރަގް މާފުށީގައި ހަނީމޫން ހޭދަކުރަމުން ދާއިރު ޕަރުލްގެ އިންސްޓަގްރާމްގައި ވަނީ މާފުށީގައި ނަގާފައި ހުރި ރީތި މަންޒަރުތައް ވެސް ހިއްސާކޮށްފައެވެ.

ޕަރުލް ޗައުހަން ވަނީ އެކްޓިންގ ކެރިޔަރުގައި ބޮލީވުޑްގެ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އޭގެތެރޭގައި އިންޑިއަން ޓެލީ އެވޯޑްސް، ސްޓާ ޕަރިވާރް އެވޯޑްސްގެ އިތުރުން ޒީ ގޯލްޑް އެވޯޑްސްގައި ކާމިޔާބީތަކެއް ހޯދާފައިވެއެވެ.