ހަސަން ލަތީފް

ގިނަ މީހުންނަކީ ފުލެޓަށް ޝަރުތު ހަމަވާ މީހުން: ހަސަން ލަތީފު

ޝަހީދާ އަބްދުﷲ ސައީދު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުންނަކީ ފުލެޓަށް ޝަރުތުހަމަވާ މީހުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެެއެވެ.

''ވަންއޮންލައިން"އަށް މައުލޫމާތުދެއްވަމުން ހަސަން ލަތީފު ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިސަރުކާރުންވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އެގޮތުން މިހާރުގެ ހާލަތަށް ބަލާއިރުވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ފުލެޓް ލިބުމުގެ ޝަރުތު ފުރިހަމަވާ މީހުން ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ ބޯހިޔާވަހިކަމަށް ހައްލުގެނެވޭނެ ކަމަށާއި އެއީ ސަރުކާރަށް ނުކުރެވޭވަރުގެ ކަމެއް ނޫން ކަމަށެވެ.

އަދި ބޯހިޔާވަހިކަމަކީ އެކަމަށް ބޭނުންވެފައި ތިބި މީހުންނާއި ހިނގާނެ ހަރަދުތައް ބެލުމަށްފަހު، ސަރުކާރުގެ ސިޔާސަތަށް ގެންނަ ބަދަލަކުން ފޯރުކޮށްދެވޭ އެއްޗެއް ކަމަށާއި އެއީ ކޮންސްޓްރަކްޝަން ކުންފުންޏަކަށް ކޮށްދެވޭނެ ކަމެއް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވިގޮތުގައި ފުލެޓް އަޅަނީ އެންމެ ކުންފުންޏަކުން ނޫނެވެ.