މުހައްމަދު އައުޒަމް
30 މިނިޓުތެރޭ ލޮނުފެން ބޯފެނަށް ބަދަލުކޮށްދޭ ޓެކްނޮލޮޖީއެއް އޮސްޓްރޭލިޔާ އިން ތައާރަފުކޮށްފިއެވެ.
އިރުގެ އަލި ބޭނުކޮށްގެން ހައި ޓެކް ފިލްޓަރެއް ބޭނުންކޮށްގެން އުފެއްދި މި ޓެކްނޮލޮޖީގެ އެހީގައި ގިނަ އަދަދެއްގެ ފެން އެއްފަހަރާ 30 މިނެޓުތެރޭ ސާފުކޮށްދޭނެ ކަމަށް އޮސްޓްރޭލިޔާގެ ދިރާސާ ކުރި ޓީމުން ވަނީ ބުނެފައެވެ.
މެލްބަންގެ މޮނާޗް ޔުނިވަސިޓީގެ ދިރާސާ ކުރާ ޓީމުން ވަނީ މިއީ ހަރަދު ކުޑަ އަދި ތިމާވެށީގެ ގޮތުން ރައްކާތެރި ގޮތެއްކަމަށް ބުނެފައެވެ.
ދިރާސާ ކުރި ޓީމުން ބުނިގޮތުގައި މި ހާއްސަ ފިލްޓަރުގައި ބޭނުންކޮށްފައިވާ މެޓަލް އޯގަނިކް ފްރޭމް ވޯކުން ފެނުގައި ހުންނަ ލޮނު ދަމާލައި ފެން ވަކި ކުރެއެވެ. އަދި އިރުގެ އަލި ބޭނުންކޮށްގެން މިނެޓު ކޮޅެއްގެ ތެރޭ ބޯފެނަށް ބަދަލުކޮށްލައެވެ.
މިޓެކްނޮލޮޖީގެ އެހީގައި ކެމިކަލް ބޭނުން ނުކޮށް ބޯފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާއިރު މިއީ އިރުގެ ހަކަތަ ބޭނުންކޮށް ރައްކާތެރި ގޮތެއްގައި ފެންސާފުކުރުމަށް ފެނުނު ފަހި މަގެއްކަމުގައި އެ ޓީމުން ވަނީ ބުނެފައެވެ.