މާލޭގެ ލޯކަލް މާރުކޭޓު އޮތީ ބިދޭސީންގެ އަތްމަތީގައި ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހި ވިޔަފާރިވެރީންގެ މުދަލަށް ޖާގަނެތް ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އަދި ލޯކަލް މާރުކޭޓުގެ ގޮޅިތައް އެ ގޮޅިތަކުގެ ވެރީން ނޫން މީހުންނަށް ބޮޑު އަގުގައި ކުއްޔަށް ދިނުމުގެ އިތުރުން މުސާރަވެރީންނަށް ގޮޅި ދިނުން ފަދަ ގަވައިދާ ހިލާފު އެތައް ކަމެއް އެބަހުރި ކަމަށް ޝިފާގެ ޓުވީޓުގައި ވެއެވެ.