ޝަހީދާ އަބްދުﷲ ސައީދު
ކުންފުނިތަކުގެ އެމްޑީކަަމަކީ ސިޔާސީ ޕާޓީތަކުގެ ކޭކަކަށް ވާންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ. ޝަހިީދުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ އެމްޑީިންގެ ދައުރަކީ އަނެއްކާ ސިޔާސީ ރޯލެއްތޯ ވެސް ސުވާލު އުފައްދަވައިފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިހާތަނަށް ވަނީ 14 ކުންފުންޏެއްގެ އެމްޑީން ހަމަޖައްސައިފައެވެ. ކުންފުނިތަކުގެ އެމްޑީންނަށް ހޮވާފައިވަނީ ކޯލިޝަނަށް ނިސްބަތްވާ ބޭފުޅުންނެވެ.
ޑޜ. ޝަހީދު މިފަދަ ޓުވީޓެއް ކުރެއްވި އިރު ސަރުކާރު ކޯލިޝަނަށް ގެންދަނީ ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެމްޑީންގެ ގޮތުގައި އަބަދުވެސް ތިއްބަވަނީ ސިޔާސީ ބޭފުޅުންނެވެ.