ވިޔަފާރި

އައުޓްސްޓޭންޑިން ޕަފޯމަންސް އެވޯޑް ގައިސަރަށް

އަހުމަދު ޖައިޝަން

ރާއްޖޭގެ ޓުއަރިޒަމްގެ ދާއިރާއިން ލިބޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ރިކޮގްނިޝަން ފޯ އައުޓްސްޓޭންޑިންގް ޕަފޯމަންސް އިން ޓްރެވަލް އިންޑަސްޓްރީ ގައިސަރު ނަސީމަށް ލިބިއްޖެ އެވެ.

ރޭގައި ޕެރަޑައިސް އައިލެންޑުގައި ބޭއްވި ޓްރެވަލް އެވޯޑްސްގެ ގާލާގައި އެވޯޑް ލިބުނު ގައިސަރަކީ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގްރޫޕު ޖެނެރަލް މެނޭޖަރެވެ.

ޓުއަރިޒަމްގެ ދާއިރާއަށް ކޮށްދެއްވާފައިވާ މަސައްކަތްތައް އަގުވަޒަންކުރުމުގެ ގޮތުން އެ އެވޯޑް ދެއްވާފައިވަނީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ގައިސަރަށް ވަނީ މީގެކުރީންވެސް ޓުއަރިޒަމްގެ ދާއިރާއިން އެކި ކަހަލަ އެވޯޑްތައް ލިބިފައެވެ.

ވަކިވަކި ފަރުދުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ދޭ "ޕީޕަލްސް އެޑިޝަން" އެވޯޑް ވަނީ ރޭގައި ތިން ބޭފުޅަކަށް ލިބިފައެވެ. އެއީ:

ވިސްޓާ ކޮމްޕެނީގެ ވެރިޔާ - އަލީ އަހުމަދު (އަލިބެ)

އަމިއްލަފުށި އަދި ފިނޮޅު ރިސޯޓު މެނޭޖުކުރާ ކުންފުނި ދަ ސްމޯލް މޯލްޑިވްސް ކުންފުނީގެ ސީއީއޯ - މާކް ހެހިއާ

ވަން އެންޑް އޮންލީ ރީތި ރަށުގެ އެއާޕޯޓް މެނޭޖަރު - ހުސެއިން ވަހީދު