އެމޭޒަން އިން އިންޑިއާގައި އޮންލައިން ފާމަސީއެއް ތައާރަފުކޮށްފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ރީޓެއިލް ވިޔަފާރި ކުންފުނި އެމޭޒަން އިންވަނީ މި ހިދުމަތް ފެށީ އިންޑިއާގެ ބެންގަލޫރުގައި އެވެ. އެހެން ސިޓީތަކުގައި ވެސް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެމޭޒަން ފާމަސީ މެދުވެރިކޮށް ޑޮކްޓަރީ ބޭހުގެ އިތުރުން ހަކީމީ ބޭސްވެރިކަމަށް ބޭނުންކުރާ ބޭހުގެ އިތުރުން މެޑިކަލް ޑިވައިސް ވެސް ވިއްކާނެ ކަމަށް އެމޭޒަން އިން ބުނެއެވެ.
އެމޭޒަން އިން މިހާރުވެސް ޔޫރަޕްގެ އިތުރުން އެމެރިކާގައި އޮންލައިން ފާމަސީގެ ހިދުމަތް ދެމުން ގެންދެއެވެ.
ދާދިފަހުން އެމޭޒަން އިން ވަނީ އިންޑިއާގައި ހަ ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ކުރިޔަށް ގެންދަން ނިންމިކަން އިއުލާން ކޮށްފައެވެ.