މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ދެމުން އަންނަ ޓްރެވަލް އެވޯޑްސްގެ ގާލާ ބާއްވައިފި އެވެ.
މަޓާޓޯއިން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުން ބާއްވަމުން އަންނަ ގާލާ ރޭގައި ކުރިއަށް ގެންގޮސްފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައެވެ.
ޓްރެވަލް އެވޯޑްސްގެ ދަށުން މިއަހަރުގެ އޯގަސްޓު މަހުގައި ވަނީ ގެސްޓްހައުސް އިންޑަސްޓްރީގެ އަގުވަޒަންކޮށް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން ކުރިއަށް ގެންގޮސްފައެވެ.
ރޭގެ ގާލާގައި ރާއްޖޭގެ ޓުއަރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް އިނާމު ދީފައިވެއެވެ. އެގޮތުން ރޭގެ ހަފްލާގައި އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ރިޒޯޓްތަކާއި ލިވްއަބޯޑާއި އެއާލައިންތަކުގެ އިތުރުން އެހެން ފަރާތްތަކަށްވެސް އެވޯޑު ވަނީ ދީފައެވެ.
އޭގެތެރޭގައި:
ނިއު ކަމާ އޮފް ދަ އިޔާ : ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި
ލީޑިންގް ޑައިވް ރިސޯޓު : ބަނޑޮސް މޯލްޑިވްސް
ލީޑިންގް ވެލްނެސް އެންޑް ސްޕާ ރިސޯޓު : ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް
ލީޑިންގް ސީއެސްއާރު ޕްރޮގްރާމް : ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް
ލީޑިންގް ބީޗު ރިސޯޓު : ކުކޫން މޯލްޑިވްސް
ލީޑިންގް ޕްރައިވެޓް އައިލެންޑް : ނަލަދޫ ޕްރައިވެޓް އައިލެންޑް
މޯސްޓް ރޮމޭންޓިކް ރިސޯޓު : ހުވަފެންފުށި މޯލްޑިވްސް