ބޮލީވުޑް

ޝާހު އަދި ސަލްމާން އެކީގައި ލަވަ ކިޔާ ވީޑިއޯ އެއް

ބުރާސްފަތި ދުވަހު 53 އަހަރު ފުރުނު ސަލްމާން ޚާން ވަނީ ގާތް ރަހްމަތްތެރިންނާ އާއިލާ އާއި އެކު ޕާޓީ އެއް ބާއްވާ އުފާ ފާޅުކޮށްފައެވެ.

ސަލްމާންގެ ޕަންވެލް ފާމްހައުސްގައި ބޭއްވުނު މި ޕާޓީގައި ބޮލީވުޑްގެ ތަރިންވެސް ބައިވެރިވިއެވެ. އޭގެ ތެރޭގައި ކެޓްރީނާ ކައިފް އާއި އަނިލް ކަޕޫރާއި މޯނީ ރޯއީގެ އިތުރުން ޝުޝްމީތާ ސެންވެސް ހިމެނެއެވެ.

ޕާޓީގެ ގިނަ ފޮޓޯ އާއި ވީޑިއޯތައް ތަރިންތައް ދިޔައީ މީސް މީޑިއާގައި ހިއްސާކުރަމުންނެވެ. ސަލްމާން އާއި ޝުޝްމީތާ އެކީގައި ނަޝާ ވީޑިއޯ އެއްވެސް ވަނީ އިންސްޓަގްރާމުގައި މީގެ ދެދުވަސްކުރިން ޝުޝްމިތާ ހިއްސާކޮށްފައެވެ.

ސަލްމާންގެ ގާތް ފަރާތެއް ކަމަށްވާ ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ޚާން މި ޕާޓީ އިން ނުފެނުމުން ޕާޓީ ފަޅުވި ކަމަށް ގިނަ ބަޔަކު ދެކެމުން ދިޔަތަނާ އިއްޔެ މިވަނީ އިންސްޓަގްރާމުގައި ޝާހު އާއި ސަލްމާން އެކީގައި ލަވަ ކިޔާ ވީޑިއޯއެއް އާންމުވެފައެވެ.

ބޮލީވުޑްގެ ދެ މެގާ ސްޓާރުން ކަމަށްވާ ޝާހު އާއި ސަލްމާން ކިޔަމުން ދިޔަ ލަވައަކީ މަގްބޫލު ހިންދީ ލަވައެއް ކަމަށްވާ "ޕިޔާރު ހަމޭން ކިސް މޯޑް ޕެ ލޭ އާޔާ" އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ދެ ރަހްމަތްތެރިންވެސް ލަވަ ކިޔަމުން ދިޔައީ މަޖާވެލާފައެވެ.

ސަލްމާން މިދުވަސްކޮޅު ދަނީ ފިލްމް "ބާރަތް" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމް ރިލީސް ކުރަން ހަމަޖެހިފައިވަނީ އަންނަ އީދު ގައެވެ. ޝާހު ގެ ފިލްމް ޒީރޯ ރިލީސް ވެފައި ވާއިރު ދެން ވަރަށް އަހަވަށް ރާކޭޝް ޝަރްމާގެ ބައޯޕިކް އަށް ހަދާ ފިލްމްގެ މަސައްކަތް ފަށާނެ ކަމަށްވެއެވެ.