އާ އަހަރު ފެށުމަށް ދުވަސް ކުޑަތަންވެފައިވާއިރު ބޮލީވުޑްގެ ތަރިންވެސް އަންނަނީ އާ އަހަރުގެ އުފާފާޅުކުރުމަށް އެކި ގައުމުތަކަށް ފުރަމުންނެވެ.
އެގޮތުން ބޮލީވުޑްގެ ލެޖެންޑް ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގާ ޝްރޮފާއި އޭނާގެ ބައިވެރިޔާ އާ އަހަރު ފާހަގަކުުރުމަށް އައިސް އުޅެނީ ރާއްޖޭގައެވެ. ރައްޓެހިވެގެން އުޅޭކަން ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް ރާއްޖޭގައި ހޭދަކުރަމުން އަންނަ ވަގުތު ދެ ތަރިންގެެ ވެސް މީސް މީޑިއާގައި އަންނަނީ ހިއްސާކުރަމުންނެވެ.
މި ދެތަރިން ވަނީ މިއަހަރުގެ ފެށުންވެސް ރާއްޖޭގައި ފާހަގަކޮށްފައެވެ. މީގެ އިތުރުން މިއަހަރުގެ މޭ މަހުވެސް ދެ ތަރިން ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައެވެ. ނަމަވެސް ތިބީ ކޮން ރިސޯޓެއްގައި ކަމެއް ހިއްސާކޮށްފައެއް ނުވެއެވެ.
ޓައިގާ މިހާރު މަސައްކަތް ކުރަމުން އަންނަނީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2"ގައެވެ. ސަލްމާން އާއި ކެޓްރީނާގެ ފިލްމް "ބާރަތް" އިން ދިޝާ ފެނިގެން ދާނެއެވެ.