ޕީއެސްއެމް

ޕީއެސްއެމްގެ ޑީއެމްޑީއަކަށް ޝަމީމް

1

ޕަބްލިކް މީޑިއާ ސާވިސް (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މުހައްމަދު ޝަމީމް އައްޔަންކުރައްވައިފިއެވެ.

ޕީއެސްއެމްގެ ޑީއެމްޑީއަކަށް ހ. ޕްރިޓީ ވިލާ، މުހައްމަދު ޝަމީމް އައްޔަންކުރައްވާފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑުން ވަނީ އިއުލާންކޮށްފައެވެ.

ޝަމީމަކީ ވީޓީވީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ، އެ މީޑިއާގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ޝަމީމް ވަނީ ކުރިން ޓީވީއެމްގައި ވެސް އިސް މަގާމުތަކެއް ފުރުއްވައިފައެވެ.

ދާދި ފަހުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ވެސް ވަނީ ބޭފުޅަކު އައްޔަންކުރައްވައިފައެވެ. އެ މަގާމަށް އައްޔަންކުރައްވާފައިވަނީ 2006 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ޓީވީއެމްގެ ސީއީއޯގެ މަގާމު އަދާކުރެއްވި އަލީ ޚާލިދެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟