ރާއްޖޭގެ މަޝްހޫރު ބަތަލާ ނުޒުހަތު ޝުއައިބު އަދި އައިޝަތު ޔާދާ ވަރަށް އަވަހަށް އެކުގައި ފިލްމަކުން ފެނިގެންދާނެ ކަމަށް ޑާކް ރެއިން އެންޓަޓެއިމެންޓުން ބުނެފިއެވެ.
ޑާކް ރެއިން އިން ކުރި ޓުވީޓެއްގައި ބުނީ ނުޒުހަތު އަދި ޔާދާ ވަރަށް އަވަހަށް އެމީހުންގެ ފިލްމަކުން އެކީ ފެނިގެންދާނެ ކަމަށެވެ. ޑާކް ރެއިން އިން ބުނީ އެ ފިލްމާ ބެހޭ އިތުރު މައުލޫމާތުތައް ކުރިއަށް އޮތް ހަފުތާތެރޭގައި ބެލުންތެރިންނާ ހިއްސާ ކުރާނެ ކަމަށެވެ.
ނުޒުހަތު ބެލުންތެރިންނަށް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމު "ލީނާ" އިންނެވެ. ޔާދާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ ފިލްމު "މާމުއި" އިންނެވެ. ޑާކް ރެއިން އިން އަދި މިހާތަނަށް މި ފިލްމުގެ ނަމެއް ވެސް ހާމައެއް ނުކުރެއެވެ.