އެމްޓީޑީ

އެމްޓީޑީ ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްދީފި

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމަނަައި، ޕާޓީގެ ރަޖިސްޓްރީ ހަވާލުކޮށްފި އެވެ.

އެމްޓީޑީގެ ރަޖިސްޓްރީ ހަވާލުކޮށްފައި ވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުގައި ކުރިޔަށްދާ ރަސްމިއްޔާތެއްގަ އެވެ.

އެމްޓީޑީ އުފެއްދުމުގެ ޖަލްސާ ބާއްވާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު ދަރުބާރުގޭގަ އެވެ. އެ ޕާޓީ އުފެއްދުމަށް އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވަނީ މުސްތަޝާރު އިސްމާއީލް އާސިފު އެވެ.

އެމްޓީޑީ އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ މެންބަރޝިޕް ފޯމު އީސީއަށް ހުށަހަޅާފައި ވަނީ މިމަހުގެ 18ގައެވެ. އެމްޓީޑީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވެސް ވަނީ އެޕާޓީއަށް ސޮއިކުރައްވައިފަ އެވެ. އެހެން ކަމުން އެމްޓީޑީއަށް ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ގޮތުން ވަކާލާތުކުރުމުގެ ހައިސިއްޔަތު ވެސް ލިބޭނެ އެވެ.