މިފެށޭ އާއަހަރާ ދިމާކޮށް ދެ ދުވަހަށް ބޭންކް އޮފް މޯލްޑިވްސް، ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން އާންމުކުރި ބަޔާނެއްގައި ވަނީ އަންނަ ހަފުތާގެ ހޯމަ އަދި އަންގާރަ ދުވަހު ބީއެމްއެލް ބަންދުވާނެކަން އަންގައި، އެކަމަށް ކަސްޓަމަރުން ސަމާލުވުމަށް އެދިފައެވެ. އަދި މި ދެދުވަހު ބީއެމްއެލްގެ ހުރިހާ ބްރާންޗެއް ބަންދުވި ނަމަވެސް ބޭންކްގެ ސެލްފް ސާވިސް އޭޓީއެމް މެޝިންތައް ބޭނުންކުރެވޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.