އިބްރާހީމް މުއާޒް އަލީ

ލޯންޗުކޮޅު ގޮވި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް މުއާޒް ގޮވާލައިފި

ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރިއަށްގެންދެވުމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ތުހުމަތުކުރައްވައިފިއެވެ.

އެ މައްސަލައިގެ މިނިވަން ތަހުގީގެއް ކުރެއްވުމަށް މުއާޒް ގޮވާލައްވާފައިވަނީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައިގައި އާދަޔާ ހިލާފު ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވުމަށް އޭނާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"ފިނިފެންމާ ލޯންޗުގެ ހާދިސާ މިއަދުގެ ސަރުކާރުން، މިއަދުގެ ދިވެހި ފުލުހުންގެ މުއައްސަސާއިން ވީ އެންމެ ފުރިހަމައަކަށް މި މައުލޫމާތުތަކުގެ އަލީގައި އެ މައްސަލަ ތަހުގީގުކޮށްދެއްވައި، ރަނގަޅަށް މިކަން ބައްލަވައިދެއްވުން. އަޅުގަނޑު މި ހިއްސާކުރީ އަޅުގަނޑަށް ފެނުނު މަންޒަރުތައް،" އޭނާ ވިދާޅުވިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވަނީ މީގެ ތިން އަހަރު ކުރިން ފިނިފެންމާ ލޯންޗުކޮޅު ގޮވި ހާދިސާގައި އާދަޔާ ހިލާފު ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށް ވިދާޅުވެ، ރައީސް ޔާމީނާ ގުޅުން ހުރި ވާހަކަތަކެއް ދައްކަވައިފައެވެ. އޭގެ ތެރޭގައި ލޯންޗުކޮޅު ގޮވުމުގެ ކުރިން ރައީސް ޔާމީނަށް އެކަން އެނގިވަޑައިގަންނަވާ ފަދަ މޭރުމަކުން މުއާޒް ވާހަކަދެއްކެވިއެވެ.