ރާއްޖޭގެ ބޯޑަރު މިދިޔަ މަހު ހުޅުވައިލައިފައިވާ އިރު، މިމަހުން ފެށިގެން އިތުރު ރިސޯޓެއް ހުޅުވައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވައިލީ މިމަހު 15 ގައެވެ. އެދުވަހު 30 ރިސޯޓެއް ހުޅުވައި ހިދުމަތް ދެމުން އަންނައިރު ޓޫރިޒަމް މިނިސްޓްރީން ހިއްސާ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިއްޔެ އިން ފެށިގެން އިތުރު 17 ރިސޯޓެއް ވަނީ ހުޅުވައިފަ އެވެ. އެ ރިސޯޓްތަކަކީ:
އޭގެ އިތުރުން އިއްޔެ އިން ފެށިގެން ކޫއްޑޫގައި ހުންނަ މާކިއުރީ މޯލްޑިވްސް ކޫއްޑޫ ހޮޓެލް ހުޅުވާފައިވާއިރު ހަ އުޅަނދެއްގެ ހިދުމަތް ވެސް ވަނީ ފަށައިފަ އެވެ. އަދި މާލެ އާއި ހުޅުމާލޭގައި ހުންނަ ފަސް ޓްރާންސިޓް ފެސިލިޓީއެއް ވެސް އިއްޔެ އިން ފެށިގެން ހިދުމަތް ދޭން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.