ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުގެ އެމްޑީ ކަމަށް އިބްރާހީމް ރަޝީދު

ގްރޭޓާ މަަލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގް ޑައިރެކްޓަރު ކަމަށް އދ. މާމިގިލީ ރަންގިރިޓީގޭ އިބްރާހީމް ރަޝީދު އަބޫބަކުރު އައްޔަން ކުރައްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ކުރެއްވި ޓުވީޓެއްގައި ދާދި ދެންމެ ބުނެފައިވާ ގޮތުގައި އިބްރާހީމް ރަޝީދު އެ މަގާމަށް އައްޔަން ކުރައްވައިފައި ވަނީ މިއަދު އެވެ.

އިބްރާހީމް ރަޝީދު ވަނީ 2010 އަދި 2011 ވަނަ އަހަރު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭގެ އިތުރުން އެ މިނިސްޓްރީގެ ސްޓޭޓް ސެކްރެޓަރީގެ މަގާމު ވެސް 2011 އަދި 2012 ވަނަ އަހަރު އޭނާ އަދާކުރައްވައިފައި ވެއެވެ. އޭގެ އިތުރުން އޭނާ ދެން މަސައްކަތް ކުރައްވައިފައި ވަނީ ޕްރިވެޓް ސެކްޓަރުގަ އެވެ.