އެމްއާރްއެމް

ނާދިރާގެ ރައްދެއް އަދުރޭއަށް: ކެނޑެން ސިޓީލީ ބާރުމިނުގައި ދަރަނިދައްކަބަލަ!

ޝަހީދާ އަބްދުﷲ ސައީދު

1

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބުދުﷲ ޕީޕީއެމްއިން ވަކިވެވަޑައިގަތުމުން އަބްދުއްރަހީމްގެ މައްޗަށް އާމިނަތު ނާދިރާ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ އިސް ބޭފުޅެއްކަމަށްވާ ނާދިރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމުން ވަކިވާން ސިޓީލީ އިރު ޕާޓީގެ ދަރަނިތަކެއް އެބަހުރި ކަަމަށެވެ.

ނާދިރާ ވިދާޅުވީ އެއީ އަބްދުއްރަހީމް ސޮއިކުރައްވައި ހިދުމަތްހޯދުމަށް ފަހު ފައިސާނުދައްކައި ހުރި ބިލުތަކެއް ކަމަށެވެ.

ޓުވީޓުގައި ވަނީ ކެނޑެން ސިޓީލީ ބާރުމިނުގައި ހިދުމަތްހޯދައިފައި ފައިސާ ނުދައްކައި ހުރި ބިލުތަކަށް ފައިސާ ދެއްކުމަށް ވިދާޅުވެފައެވެ. އަދި ނާދިރާ ވަނީ ވާނެއޭ ބުނެ ފޭރިގަތް ޕާޓީއެއް ކަމަށް ވެސް ވިދާޅުވެފައެވެ.

ޕީޕީއެމުން ވަކިވެ އަބްދުއްރަހީމް އެހެން ޕާޓީއެއް ހެދުމުގެ މަސައްކަތް ފެށުމާއެކު ރައީސް މައުމޫންގެ އަރިސް ބޭފުޅުން ގެންދަވަނީ ޕީޕީއެމްގެ ދަރަނިތައް ރައީސް ޔާމީން ދެއްކެވުމަށް ގޮވާލަމުންނެވެ.

ރައީސް ޔާމީން އިތުރު ޕާޓީއެއް ހެދުމުގެ މަސައްކަތް ފަށާފައި މިވަނީ ޕީޕީއެމްގެ މިލްކުވެރިކަމާ މެދު ރައީސް މައުމޫންގެ ފަރާތްޕުޅުން ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟