މިއަހަރުގެ މިނިވަން ދުވަހާއި ބޮޑު އީދާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.
އުރީދޫން ބުނީ، މި އޮފާތައް ތައާރަފު ކުރީ މިނިވަން ދުވަހާއި ބޮޑުއީދާ ގުޅިގެން ލިބޭ ބަންދުގައި ގޭގައި ތިބެގެންވެސް ދުރުގައި ތިބި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން ތައާރަފުކުރި ދެ އޮފާއަކީ "އީދު ކޮމްބޯ ޕެކް" އަދި "މަގޭ ޕްލޭން އެކްސްކުލޫސިފް އޮފާ" އެވެ.
މީގެ ތެރެއިން އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފުކުރި އީދު ކޮމްބޯ ޕެކްގައި ހިމެނެނީ މުޅި ދުވަހަށް ބޭނުންކުރެވޭ އެއް ޖީބީ ޑޭޓާ އަދި އަންލިމިޓެޑް ކޯލް އެވެ. އެންމެ 35 ރުފިޔާއަށް ލިބޭ މި ޕެކޭޖް އެކްޓިވޭޓް ކުރުމަށް ޖެހޭނީ *929*1# އަށް ގުޅުމުން ނުވަތަ ED 35 ޖެހުމަށްފަހު 5555 އަށް އެސްއެމްއެސް ކުރާށެވެ. އަދި އުރީދޫ އެޕް މެދުވެރިކޮށް ވެސް މި ޕެކޭޖް އެކްޓިވޭޓް ކުރެވޭނެ އެވެ.
މަގޭ ޕްލޭން އެކްސްކުލޫސިފް އޮފާގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ތިން ދުވަހުގެ މުއްދަތަށް، ތިން ޖީބީ ޑޭޓާ ލިބޭނެ އެވެ. އެންމެ 75 ރުފިޔާއަށް އެކްޓިވޭޓް ކުރުމަށް:
އުރޫދީން ބުނީ، އެކުންފުނީގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި އޮފާތައް މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް އުރީދޫ އެޕް މެދުވެރިކޮށް ގަނެވޭނެ ކަމަށެވެ.
އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވީ، މިއަހަރުގެ މިނިވަން ދުވަހާއި ބޮޑުއީދުގެ މުނާސަބަތުގައި ލިބޭ ބޮޑު ޗުއްޓީ ގޭގައި ފާހަގަކުރަންޖެހިފައި ވާއިރު، ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް އީދުގެ އުފާވެރިކަން ހިއްސާކުރުމަށް ކުޑަ ހަދިޔާއެއްގެ ގޮތުގައި އުރީދޫން ތައާރަފުކުރި އޮފާތައް ކަސްޓަމަރުންނަށް ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.