ޕީޕަލްސް އެކްޝަން ޕާޓީ

"ޕީޕަލްސް އެކްޝަން ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

އަހުމަދު ޖައިޝަން

1

"ޕީޕަލްސް އެކްޝަން ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.

ޕީޕަލްސް އެކްޝަން ޕާޓީ އުފެއްދުމަށް އިލެކްޝަނުން ހުއްދަ ދިން އިރު މީގެ ކުރީންވަނީ "މޯލްޑިވިއަން އެކްޝަން ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަނަށް ހުށަހަޅާފައެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ނަމަކީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެންމެ އެކަށީގެންވާ ނަން ނޫން ކަމަށެވެ. އެހެންކަމުން އެ ނަމުގައި ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ ނުދިނުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟