އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އަދުރޭ ޕީޕީއެމުން ވަކިވެވަޑައިގެންފި، މިހާރު އެއީ އަމިއްލަ މެންބަރެއް

1

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ޕީޕީއެމްގެ މެންބަރުކަމުން ވަކިވެވަޑައިގެންފި އެވެ.

އަދުރޭ އަމިއްލަ މެންބަރަކަށް ވީ އޭނާ ޕީޕީއެމްގެ މެމްބަރުކަމުން ވަކިވެވަޑައިގަތުމަށް އިއްޔެ އިލެކްޝަނަށް ހުށަހެޅުއްވުމާ ގުޅިގެން މިއަދު އޭނާ އެ ޕާޓީގެ މެންބަރުކަމުން ވަކިކުރުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު މިއަދު "ވަން އޮންލައިން"އަށް ވިދާޅުވީ އަދުރޭގެ އެދިވަޑައިގަތުމާ ގުޅިގެން އޭނާ ޕީޕީއެމްގެ މެންބަރުކަމުން ވަކިކޮށްފައިވާ ކަމަށެވެ.

"އާދެ. މިހާރު އެއީ ޕީޕީއެމްގެ މެންބަރެއް ނޫން. އެކަން އަޅުގަނޑުމެން މިއަދު ރައްޔިތުންގެ މަޖިލީހަށް ވެސް އަންގާނަން." ޝަރީފު ވިދާޅުވި އެވެ.

އަދުރޭ ޕީޕީއެމްގެ މެންބަރުކަމުން މި ވަކިވެވަޑައިގަތީ ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ އާ ސިޔާސީ ޕާޓީ، ޕީއެންސީ އުފެއްދުމުގެ ހުއްދައަށް އެދި އަދުރޭ އިލެކްޝަނަށް ހުށަހެއްޅުއްވި ފޯމުގެ ދަށުން އެ ހުއްދަ ނުދޭން ނިންމުމާ ގުޅިގެންނެވެ. ސިޔާސީ ޕާޓީތަކުގެ ގަވައިދު ބުނާ ގޮތުން އަލަށް ސިޔާސީ ޕާޓީއެއް އުފައްދަން އެދި ހުށަހަޅާ ފަރާތަކީ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟