އިބްރާހިމް ޒަކީ
ފަސް ގައުމަކަށް ސަފީރުން އައްޔަން ކުރަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ފަސް ބޭފުޅުންނަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
އެ ބޭފުޅުންނަށް ރުހުންދިނުމަށް މަޖިލީހުން ފާސްކުރީ، އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓަށް ބަލައި، އޭގެ ތެރެއިން ކޮންމެ ބޭފުޅަކަށް ވަކިވަކިން ވޯޓަށް އަހައިގެންނެވެ.