ދިވެހީންނަށް ރަނގަޅު މުސާރައާއި ވަޒީފާ ލިބޭނީ ގަވާއިދާ ހިލާފުވާ ބޭރު މީހުންތައް ހުއްޓުވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސާ މަނިކު މިހެން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
އަލަށް ހަދަމުންދާ ރިސޯޓެއްގައި ގަވާއިދާ ހިލާފަށް 1000 އަށް ވުރެ ގިނަ ބިދޭސީން ލައްވައި މަސައްކަތް ކުރުވަމުންދާ ކަމަށް ލޭބާ ރިލޭޝަންސް އިން ބުނުމުން މޫސާ ވަނީ މިއަދުގެ ޓްވީޓުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މޫސަގެ ޓްވީޓުގައި ވިދާޅުވީ އެފަދަ މައްސަލައެއް ލޭބާ ރިލޭޝަންސްއަށް އެނގުމުން އެކަން މީޑިއާ އިވެންޓަކަށް ނުހެދުމަށެވެ. އަދި އެފަދަ މައްސަލައެއްގައި ފިޔަޅު އަޅަން ޖެހޭ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް ވަނީ މޫސަ ގޮވާލާފައެވެ.