ވިޔަފާރި

ބޮޑެތި އިނާމުތަކާއެކު ރެއިންބޯގެ އޮޮންލައިން ސްޓޯރުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އަލީ ޔާމިން

ބޮޑެތި އިމާނުތަކާއެކު ރެއިންބޯ އޮންލައިން ސްޓޯރުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރެއިންބޯގެ އޮންލައިން ސްޓޯރުން ތަކެތި ގަތުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭއިރު ރެއިންބޯއިން ބުނީ އޮންލައިން ސްޓޯރުން ގަންނަ ތަކެތިން ބޮޑެތި ޑިސްކައުންޓްތަކެއްވެސް ލިބިގެންދާނެ ކަމަށެވެ.

ރެއިންބޯ އޮންލައިން ސްޓޯރުން ގަންނަ ތަކެތި މާލެ އަދި ހުޅުމާލެއަށްވެސް ހިލޭ ޑެލިވާކޮށްދޭ އިރު، އަތޮޅުތެރޭގައި ތިބި ކަސްޓަމަރުން ގަންނަ ތަކެތި ދޯނި/ބޯޓާ ހަމައަށް ހިލޭ ގެސްގޮސްދޭނެ ކަމަށް ރެއިންބޯއިން ބުނެއެވެ.

ރެއިންބޯ އޮންލައިން ސްޓޯރުން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ އެއްވަަނަ ނަސީބުވެރިޔަކަށް ތިން ސީޓުގެ ސޯފާއެއް ލިބިގެންދާނެއެވެ. ދެވަނަ ނަސީބުވެރިޔަކަށް ސޯފާ ބެޑެއް ލިބޭއިރު ތިންވަނަ ނަސީބުވެރިޔަކަށް ޓީވީ ކެބިނެޓެއް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 16 އިން އަންނަ މަހުގެ 16ގެ ނިޔަލަށެވެ.