ރީކޯ މޫސާ މަނިކް

ޕާކުކުރާ ޓެކްސީތަކަށް ފިޔަވަޅުއެޅުމުގެ ކުރިން ހުއްދަދިން އިދާރާގެ ވެރިންނަށް ފިޔަވަޅު އަޅަންޖެހޭ: ރީކޯ މޫސަ

ޝަހީދާ އަބްދުﷲ ސައީދު

1

ޕާކުކުރާ ޓެކްސީތަކަށް ފިޔަވަޅު އެޅުމުގެ ކުރިން އެފަރާތްތަކަށް ހުއްދަދިން ސަރުކާރުގެ އިދާރާގެ ވެރީންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު މިހެން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. ޓުވީޓުގައި އިތުރަށް ވިދާޅުވީ ރަޖިސްޓްރީކޮށްދެނީ އެތައް ހާސް ރުފިޔާއެއް ދީގެން ގަރާޖެއްގެ ލިޔުން ހޯދައިގެން ދިއުމުން ކަމަށެވެ.

މޫސަ މަނިކު މިފަދައިން ވިދާޅުވި އިރު، ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ގަރާޖު ނޫން އެހެން ތަނެއްގައި ޕާކުކުރާ ނަމަ ރަޖިސްޓަރީ ބާތިލްކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިހާރު ވަނީ ނިންމާފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން 2017ގެ ޑިސެމްބަރު ހަތަރުވަނަ ދުވަހު އެކުލަވާލާފައިވާ ގަރާޖު ރަޖިސްޓަރީ ކުރުމުގައި އަމަލުކުރާނެ އުސޫލު ބާތިލްކޮށް، އަލަށް އެކުލަވާލި އުސޫލަށް އަމަލުކުރަން ފެށެމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ގަރާޖެއްގައި ހުންނަންވާ ޝަރުތުތައް ޓްރާންސްޕޯޓް އޮތޯރިޓީގެ އާ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ ޝަރުތުތަކުގެ ތެރޭގައި ގަރާޖު ޗެކްކުރާ އިރު އެ ގަރާޖުގައި ވެހިކަލް ގަރާޖުކުރުން ނޫން އެހެން ބޭނުމެއް ކުރާ ނަމަ އެފަދަ ތަނަކަށް ވެހިކަލް ރަޖިސްޓަރީ ނުކޮށްދޭ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟