"މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018" ގާލާ ބާއްވައިފިއެވެ.
މިރޭ ދަރުވާރުގޭގައި ބޭއްވި "މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018" ގާލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ. މި ހަފްލާގައި ސަރުކާރުގެ އިސްފަރާތްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްފަރާތްތަކުގެ އިތުރުން ލިވަބޯޑު އިންޑަސްޓްރީގެ ގިނަ ފަރާތްތަކުން ބައިވެރިވެފައި ވެއެވެ.
ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މޯލްޑިވްސް ބޯޓިންގ އެވޯޑްސްގެ މިއަހަރު 27 ކެޓަގަރީއަކަށް އެވޯޑު ދީފައިވެއެވެ.
"މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018" ގެ އެވޯޑް ކާމިޔާބު ކުރެއްވި ފަރާތްތައް:
- ލިވްއަބޯޑް އޮޕަރޭޓަރ އޮފް ދަ ޔިއަރ - ވޮއޭޖަސް މޯލްޑިވްސް
- ލިވްއަބޯޑް ބްރޭންޑް އޮފް ދަ ޔިއަރ - ކާރޕް ޑިއެމް މޯލްޑިވްސް
- ބަންކަރިންގ އެންޑް ފިއުލް ސަޕްލަޔަރ އޮފް ދަ ޔިއަރ - ދަ ހޯވްކްސް ޕްރައިވެޓް ލިމިޓެޑް
- ބެސްޓް ލިވްއަބޯޑް ޔޮޓް ބިލްޓް - ލިއޯ ސަފާރި
- ބެސްޓް ސާރފް ސަފާރި - ހޮރައިޒަން 2
- މޯސްޓް ޕްރިފާޑް މެރިން އިކުއިޕްމަންޓް ސަޕްލަޔަރ އޮފް ދަ އިޔަރ - ޑީ ބްލޫ މެރިން
- މޯސްޓް ޕްރިފާޑް މެރިން ޕެއިންޓް އޮފް ދަ އިޔަރ - އިންޓަރނޭޝަނަލް މެރިން ޕެއިންޓް، ސީގަލް މެރިން
- މޯސްޓް ޕްރިފާޑް މެރިން އިންޖީން އޮފް ދަ އިޔަރ (އައުޓް ބޯޑް) - ޔަމަހާ، އެލިއާ އިންވެސްޓްމަންޓް
- ބެސްޓް ޑައިވް ސަފާރި - ސަޗިކާ
- ބެސްޓް ފިޝިންގ ސަފާރި - ޑޮލްފިން 1، ބްލޫ ކޭ ސަފާރި މޯލްޑިވްސް
- ބެސްޓް ކްރޫ ޓީމް - މާރސެލިއާ ސްޓަރ
- ކެޕްޓަން އޮފް ދަ އިޔަރ - ކެޕްޓަން މުހައްމަދު ނަސީރު ހޮރައިޒަން 3
- ބެސްޓް ބޯޓް ޑިޒައިން - ސްކޫބަރ ސްޕާ ޔަންގ
- ބެސްޓް ޕްރޮޑިކްޝަން ފައިބަރގްލާސް 5-26 ފޫޓް - ކޮންކޮއުއެރޯ، ގެރެންޓީ ފައިބަރ ގްލާސް ފެބްރިކޭޝަން
- ބެސްޓް ޕްރޮޑިކްޝަން ފައިބަރގްލާސް 27 - 40 ފޫޓް - އޭއެސް ކޯސްޓް ކްރާފްޓް 37، އަލްޝާލީ މެރިން
- ބެސްޓް ޕްރޮޑިކްޝަން ފައިބަރގްލާސް 26 - 40 މީޓަރ - ޑައިވް ކްރާފްޓް ކްރޫޒަރ 53، މެކް ބޯޓްޔަރޑް
- މެރިން އިންޖީނިއަރިންގ ސާވިސް ޕްރޮވައިޑަރ އޮފް ދަ އިޔަރ - ވީ އޭ އެމް އެންޑް ކޯ
- ޑޮކްޔާޑް ސިލްޕްވޭ އޮފް ދަ އިޔަރ - އަލް ޝާލީ މެރިން މޯލްޑިވްސް
- ބެސްޓް ލިވްއަބޯޑް ޔޮޓް ބިލްޑަރ - ވޯޓަރ ލައިން މޯލްޑިވްސް
- ލިވްއަބޯޑް ޓްރެވަލް އެޖެންޓް ޓުއަރ އޮޕަރޭޓަރ އޮފް ދަ އިޔަރ - މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންސް
- މޯސްޓް ޕްރިފާޑް މެރިން އިންޖީން ބްރޭންޑް އޮފް ދަ އިޔަރ (މެއިން އިންޖީން) - ޔަންމާ
- މޯސްޓް ޕްރިފާޑް މެރިން ޖަނަރޭޓަރ ބްރޭންޑް އޮފް ދަ އިޔަރ - ސޯލް ޑީސަލް
- މޯސްޓް ޕްރިފާޑް އިންޝުއަރެންސް ޕްރޮވައިޑަރ - އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފަ ދަ މޯލްޑިވްސް
- ޑައިވް ގައިޑް އޮފް ދަ އިޔަރ - ފަތުހުﷲ އަހުމަދު، ޑިއުން މޯލްޑިވްސް
- ސާފް ގައިޑް އޮފް ދަ އިޔަރ - އަހްމަދު މައުރޫފް، ދަ ޕާފެކްޓް ޓްރެވަލް ގްރޫޕް
- ސްޕެޝަލް އެވޯޑް ފޯ މެރިން އިންޑަސްޓްރީ އޮފަ ދަ އިޔަރ - މޯލްޑިވް މެރިން އެކްސްޕޯ
- ބޯޓިން ޕާސަނަލިޓީ އޮފް ދަ އިޔަރ - އިސްމާއިލް ހަމީދު
މި ރަސްމިއްޔާތުގައި ވަނީ ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަން ބަދަލުކޮށް ގައުމީ ޖަމިއްޔާއެއްގެ ގޮތުގައި މަސައްކަތް ފަށައިފައެވެ. އެގޮތުން ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަން " ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް " އަށް ވަނީ ބަދަލުކޮށްފައެވެ.
"ވަން އޮންލައިން" އަކީ މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018ގެ އޮންލައިން މީޑިއާ ޕާރޓްނަރެވެ.