ޕީޕީއެމްގެ ކައުންސިލަށް އިންތިޚާބު ކުރަންޖެހޭ 30 ބޭފުޅުން އިންތިޚާބުކޮށްފިއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި އެ ޕާޓީގެ ގައުމީ ޖަލްސާގައި އެންމެ ފުރަތަމަ އިންތިޚާބު ކުރީ ކައުންސިލަށް އިންތިޚާބު ކުރަންޖެހޭ ކަނބަލުންނެވެ. ޕާޓީގެ ކައުންސިލަށް 10 ކަނބަލަކު ވަނީ އިންތިޚާބުކޮށްފައެވެ. އާންމުންގެ ތެރެއިން ޕާޓީގެ ކައުންސިލަށް އިންތިޚާބުކުރީ 30 ބޭފުޅުންނެވެ. އެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނެވެ.
ކަނބަލުންގެ ތެރެއިން ކައުންސިލަށް އިންތިޚާބުކުރި ބޭފުޅުން:
އާންމުންގެ ތެރެއިން ކައުންސިލަށް އިންތިޚާބުކުރި ބޭފުޅުން:
ޕާޓީގެ ކައުންސިލަށް އިންތިޚާބު ކުރަންޖެހޭ 10 ކަނބަލުންގެ ގޮނޑިތަކަށް ޖުމްލަ 12 ބޭފުޅަކު ކުރުމަތިލެއްވިއެވެ. ނަމަވެސް އާންމުންގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ 20 ބޭފުޅުންގެ ގޮނޑިތަކަށް ކުރިމަތިލެއްވީ ޖުމްލަ ކިތައް ބޭފުޅުން ކަމެއް އަދި ސާފެއްނުވެއެވެ.
މިއަދުގެ ގައުމީ ޖަލްސާގައި ވަނީ ޕީޕީއެމްގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންތިޚާބު ކުރައްވާފައެވެ. އަދި ޕާޓީގެ ހަތަރު ނައިބު ރައީސުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިންތިޚާބު ކޮށްފައެވެ.
ޕީޕީއެމްގެ ގައުމީ ޖަލްސާ މިއަދު ބާއްވާފައި މިވަނީ އެ ޖަލްސާ ހުއްޓުވައިދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައި ވަނިކޮށެވެ.