މުނިފޫހިފިލުވުން

ކަސޯޓީގެ ތަރި، ޕާތު ސަމްތާނު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އީމާ މުހައްމަދު ވަހީދު

ސްޓާ ޕްލަސްއިން ގެނެސްދޭ މަޝްހޫރު ސީރީޒް ކަސޯޓީ ޒިންދަގީކޭ 2 ގެ އަނުރާގު ބާސޫގެ ރޯލުން ފެނިގެންދާ ޕާތު ސަމްތާނުވެސް ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ޕާތު ކޮވިޑަށް ޕޮޒިޓިވްވެފައި މިވަނީ ކަސޯޓީ ޒިންދަގީކޭގެ ޝޫޓިންތައް މީގެ ހަފުތާއެއް ވަރު ކުރިން އަލުން ފެށި ފަހުންނެވެ. އެހެންކަމުން ޝޫޓިންތައް ހުއްޓާލައި، ސޫޓިންތަކުގައި ހަރާކަތްތެރިވި ހުރިހާ އެންމެންގެ ބަލި ހުރިތޯ ބެލުމަށް ޓެސްޓުކުރުމަށް ވަނީ އަންގައިފައެވެ.

ޕާތު އޭނާގެ އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެހެންނަމަވެސް ބަލީގެ މާބޮޑު އަލާމާތެއް އަދި ނުފެންނަ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުވުމުން މިވަގުތު ހުރީ ގޭގައި ކަރަންޓީނުވެގެން ކަމަށް ވެސް ބުނެފައިވެއެވެ.

ކަސޯޓީގައި ނިވެދްތީގެ ރޯލު އަދާކުރާ ޕޫޖާ ބެނަރުޖީއާ، އީ ޓައިމްސް އިން އިންޓަވިއުކުރުމުން އޭނާ ވަނީ ޕާތުއަށް ބަލިޖެހިފައިވާތީ ޝޫޓިންތައްވެސް މެދުކަނޑާލާފައިވާ ކަމަށް ބުނެފައެވެ.