އެލްޖީއޭ

އެލްޖީއޭގެ ރައީސްކަމަށް ހޯމް މިނިސްޓަރު އިމްރާން އައްޔަންކުރައްވައިފި

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ މިއަދު ހަމަޖައްސަވައިފިއެވެ.

އެލްޖީއޭއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވެ ވަޑައިގަންނަވާނެ ބޭފުޅެއްގެ ގޮތުގައި ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާއިރު، އެލްޖީއޭގެ ރައީސް ކަމުގައި ހުންނަވާނީ އެއިރެއްގައި ހޯމް މިނިސްޓަރު ކަމުގައި ހުންނަވާ ބޭފުޅެކެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން އެލްޖީއޭ އާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވެ ވަޑައިގަންނަވާނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށެވެ.