ޕޮލިސް

ދެ މީހަކު މަސްތުވާ ތަކެއްޗާއެކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ތ.މަޑިފުށި ޕޮލިސް ސްޓޭޝަނުން މަޑިފުށީގައި ހިންގި ހާއްސަ އޮފަރޭޝަނެއްގައި މަސްތުވާތަކެއްޗާއި އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިޓަލިޖަންސަށް މަޑިފުށީގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެކެވެ. މިދެމީހުންވެސް ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަޑިފުށީ ދެކުނު ފަރާތުންނެވެ.

މި ދެމީހުން ހައްޔަރު ކޮށްފައި ވަނީ ދެ ދެމީހުން ފާސްކުރަން އުޅުމުގެ ތެރެއިން އެކަކު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ރަބަރު ޕެކެޓެއް ބިންމައްޗައް އެއްލާލުމާއި ގުޅިގެންނެވެ.

މި މައްސަލައިގައި ހައްޔަރު ކުރެވުނު ދެމީހުންނަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓުން 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާއިރު މަޑިފުށި ޕޮލިސް ސްޓޭޝަނުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.