އުރީދޫން 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކާއެކު ލ. މާމެންދުއަށް އުރީދޫ ފިކްސްޑް ބްރޯޑްބޭންޑް އަދި އުރީދޫ ސުޕާނެޓްގެ ހިދުމަތް ތައާރަފުކޮށްފިއެވެ.
މި ހިދުމަތްތައް މާމެންދުއަށް ތައާރަފުކުރުމާ ގުޅިގެން އުރީދޫގެ މެނޭޖިން ޑިރެކްޓަ އަދި ސީއީސޯ ނަޖީބް ހާން ވިދާޅުވީ އުރީދޫއިން އަބަދުވެސް އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަނީ ދިވެހިންގެ ދިރިއުޅުން އިތުރަށް ފަހިކޮށް އިތުރު ކުރިއެރުން ހޯދައިދިނުމަށް ކަމަށެވެ.
މީގެ އިތުރުން އުރީދޫގެ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތާއެކު މާމެންދޫ ރައްޔިތުންނަށް އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ފުރުސަތުތައް ހުޅުވިގެންދާނެކަމީ އުރީދޫއަށް ލިބޭ އުފަލެއް ކަމަށް ނަޖީބް ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް އުރީދޫން ފަސްނުޖެހި ދިވެހިންނަށް އާ ފުރުސަތުތައް ހުޅުވާލައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އުރީދޫން މައުލޫމާތު ދިން ގޮތުގައި އުރީދޫ ސުޕާނެޓްގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް ލިބޭނެއެވެ. އަދި މިގޮތުން މާމެންދޫ ރައްޔިތުންނަށް މިހާރު ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑާއެކު ހެޔޮއަގުގައި އިންޓަނެޓުގެ ހިދުމަތް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.