ޑރ. އަހުމަދު ޝަހީދު

ވެރިކަން ވައްޓާލުމުގެ މަސައްކަތް އޮތީ ސަރުކާރުގެ ތެރެއިން ފަށާފައި: ޑރ. ޝަހީދު

ޝަހީދާ އަބްދުﷲ ސައީދު

3

ވެރިކަން ވައްޓައިލުމުގެ މަސައްކަތް ސަރުކާރުގެ ތެރެއިން ފަށާފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމުން ސަރުކާރުން ވައްޓައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެ ރާއްޖެ އެމްވީގައި ލިޔެފައިވާ ހަބަރެއް ރީޓްވީޓު ކުރައްވަމުންނެވެ.

ރީޓްވީޓުގައި ޑރ. ޝަހީދު ވިދާޅުވެފައި ވަނީ ''ތިޔަކަންތައް އޮތީ ސަރުކާރުގެ ތެރެއިންވެސް ފަށާފައި'' ކަމަށެވެ.

ސަރުކާރު ތެރޭގައި އެފަދަ ކަމެއް ހިނގާކަމަށް ޑރ. ޝަހީދު ތުހުމަތުކުރެއްވި ނަމަވެސް، ސަރުކާރުގެ އިސް ބޭފުޅުންނާއި ކޯލިޝަންގެ ލީޑަރުން ވިދާޅުވެފައި ވަނީ މިސަރުކާރު ދެމިއޮންނާނީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟