މުހައްމަދު އައުޒަމް
ސެމްސަންގްގެ ބޮޑު އިވެންޓެއް އަންނަ މަހު ފަހެއްގައި ބާއްވައި ނޯޓުގެ އާފޯނު ދައްކައިލާނެ ކަމުގެ އުއްމީދު ކުރެވެން ފަށައިފިއެވެ.
"ގެލެކްސީ އަންޕެކްޑް" ނަމުގައި ސެމްސަންގުން އިންތިޒާމު ކުރަމުން އަންނަ މި އިވެންޓުގައި ސެމްސަންގްގެ އާފޯނު ދައްކައިލާނެކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
މިއިވެންޓުގައި ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ގެލެކްސީ ނޯޓް 20 ދައްކައިލާނެކަމަށް ބެލެވޭއިރު ނޯޓްގެ އެހެން ޑިވައިސްތަކެއް ވެސް ދައްކައިލާނެކަމަށް ވަނީ ބެލެވިފައެވެ. .
ސެމްސަންގްއިން ވަނީ މިފަހަރުގެ އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ވާޗުއަލްކޮށް ކަމަށް ބުނެފައެވެ.
ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުން ސެމްސަންގްގެ ފޯލްޑް ކޮށްލެވޭ ގެލެކްސީ ޒެޑް ފޯލްޑް 2 ވެސް މި އިވެންޓުގައި ދައްކައިލުމަށް ވަނީ ހަމަޖެހިފައެވެ.