މުނިފޫހިފިލުވުން

ޖޫހީ ޗާވްލާ ރާއްޖޭގައި

އަހުމަދު ޖައިޝަން

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖޫހީ ޗާވްލާ އޭނާގެ އައިލާއާ އެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

މައުލޫމާތު ލިބޭގޮތުގައި ޖޫހީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ފޯ ސީޒަންސް ރިޒޯޓްގައެވެ. އަދި އޭނާ އެ ރިޒޯޓަށް ގޮސްފައި ވަނީ އިއްޔެއެވެ.

ޖޫހީ ޗުއްޓީ ހޭދަކުރުމަށް މިދިޔަ އޮކްޓޯބަރު މަހު ވެސް ވަނީ ރާއްޖެ އައިސްފައެވެ.

ޖޫހީ ރާއްޖޭގައި އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރަމުން ގެންދާއިރު ސޯޝަލް މީޑިއާގައި ދަތުރުގެ ފޮޓޯތައް ޖޫހީ އަންނަނީ އާންމުކުރަމުންނެވެ.