ރިޔާސީ އިންތިހާބު

ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަޖިލީހުގައި ވަކި ޕާޓީއެއްގެ މެޖޯރިޓީ އޮތުން މުހިންމެއް ނޫން: އަމީން

މަރިޔަމް ޝަހުދާ

ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަޖިލީހުގައި ވަކި ޕާޓީއެއްގެ މެޖޯރިޓީ އޮތުން މުހިންމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވެފައި ވަނީ ޓުވީޓެއްގެ ޒަރިއްޔާއިންނެވެ. އަމީން ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހޮވީ ކޯލިޝަން ސަރުކާރެއް އުފެއްދުމަށެވެ. އަދި ރައީސް ސޯލިހުގެ ވައުދުތައް ފުއްދުމަށް މަޖިލީހުގައި ކޯލިޝަންގެ މެޖޯރިޓީ އޮތުން ވަރަށް މުހިއްމު ނަމަވެސް ވަކި ޕާޓީއެއްގެ މެޖޯރިޓީއެއް މުހިއްމެއް ނޫން ކަމަށް އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވި ގޮތުގައި ވަކި ޕާޓީއަކުން މެޖޯރިޓީއަށް ޑިމާންޑް ކުރުމަކީ ރައްޔިތުން އިތުރަށް ވިސްނަންޖެހޭ ކަމެކެވެ.

މީގެ އިތުރުން ރައީސް ސޯލިހު އެ މަގާމަށް ހޮވުނީ މަޖިލީހުގައި އިއްތިހާދުގެ ވަކި ޕާޓީއެއްގެ މެޖޯރިޓީގައި އޮވެގެން އެ ސަބަބާ ގުޅިގެން ނޫން ކަމާއި، ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ވެރިކަން ކޮށްދިނުމަށްވުރެ ބޮޑު ވައުދެއް ރައީސް ސޯލިހު ނުވާ ކަމަށްވެސް އަމީންގެ ޓުވީޓުގައި ވިދާޅުވިއެވެ. އަދި ހަމައެހެންމެ ވައުދު ފުއްދުމަށް ބޭނުންވަނީ މަޖިލީހުގައި ކޯލިޝަންގެ ވަކި ޕާޓިއެއްގެ މެޖޯރިޓީ ނޫން ކަމަށާއި، ބޭނުންވަނީ އިހްލާސްތެރިކަން ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އަމީން މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަށް ވާދަކުރަން އެޕާޓީގެ ގައުމީ މަޖިލީހުން ނިންމުމާ ގުޅިގެންނެވެ. އެމްޑީޕީން ވަނީ މަޖިލިސް އިންތިހާބުގައި ނިލަންދޫ ދާއިރާ ނޫން އެހެން ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމައިފައެވެ.