ބްލޭޒަން އިންކުން ދޭ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާ ބާއްވައިފިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބޭއްވި "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ދިވެހި ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރައްވާފައިވާ ނިޝާން އިޒުއްދީނުގެ ވެރިޔާ އައްބާސް އިބްރާހީމެވެ. މި ހަފްލާގައި ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކާއި ވިޔަފާރީގެ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތާއި އިގްތިސާދަށް އަންނަ ބަދަލުގެ އިތުރުން އެހެން ވިޔަފާރިތަކަށް ހިތްވަރުދިނުމަށް ބްލޭޒަން އިންކްއިން ދޭ މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018 ގައި ތަފާތު ތިން ކެޓަގަރީއަކުން އެވޯޑް ދީފައިވެއެވެ. އެއީ އިންޑަސްޓްރީ އެކްސެލެންސް އެވޯޑާއި އެންޓަޕްރައިސް އެކްސެލެންސް އެވޯޑްގެ އިތުރުން އިންޑިވިޖުއަލް އެކްސެލެންސް އެވޯޑެވެ.
އިންޑަސްޓްރީ އެކްސެލެންސް އެވޯޑް 12 ފަރާތަކަށް ލިބިފައިވެއެވެ.
" މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018 " - އިންޑަސްޓްރީ އެކްސެލެންސް އެވޯޑް
އެންޓަޕްރައިސް އެކްސެލެންސް އެވޯޑް ފަސް ފަރާތަކަށް ވަނީ ލިބިފައެވެ.
"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" - އެންޓަޕްރައިސް އެކްސެލެންސް އެވޯޑް
އިންޑިވިޖުއަލް އެކްސެލެންސް އެވޯޑް ހަތަރު ފަރާތަކަށް ވަނީ ލިބިފައެވެ.
"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" - އެންޓަޕްރައިސް އެކްސެލެންސް އެވޯޑް
ބްލޭޒަން އިންކުން މައުލޫމާތު ދޭގޮތުގައި "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018"ގައި އެންޓަޕްރައިސް އެކްސެލެންސް އަދި އިންޑިވިޖުއަލް އެކްސެލެންސް އެވޯޑްގެ ފައިނަލިސްޓުން ހޮވާފައިވަނީ ޖަޖުންގެ މާކްސްއާއި ލިބުނު ވޯޓަށް ބެލުމަށްފަހުއެވެ. އަދި އިންޑަސްޓްރީ އެކްސެލެންސް އެވޯޑްގެ ފައިނަލިސްޓުން ހޮވާފައިވަނީ ޖަޖުންގެ މާކްސްގެ އިތުރުން ޕްރެޒެންޓޭޝަންއާ އިންޓަވިއުއަށް ބެލުމަށްފަހުއެވެ.
"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018"ގެ ޖަޖިން ޕެނަލްގައި ހިމެނެނީ ހަމްދޫން އަބްދުﷲ ހަމީދާއި ޑރ. އާއިޝަތު މުނީޒާ އާއި ޑރ. މަރިޔަމް ވަސީމާ އާއި ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އަހްމަދު މާޒިންގެ އިތުރުން އަޝްރަފް ރަޝީދާއި އަބްދުﷲ ގިޔާސް ރިޔާޒާއި ފާތިމަތު ޝާނާ ފާރޫގު އަދި އިބްރާހިމް އާތިފް ޝަކޫރެވެ.
2016 ވަނަ އަހަރު އުފެދުނު ބްލޭޒަން އިންކްއަކީ ޕަބްލިކް ރިލޭޝަންސް މާކެޓިންގް އަދި ބިޒްނަސް މެނޭޖްމަންޓްގެ މަސައްކަތްތަކަށް ހާއްސަ ކުންފުންޏެކެވެ. މިއީ ބްލޭޒަން އިންކުން މޯލްޑިވްސް ބިޒްނަސް އެވޯޑްސް ދޭ ފުރަތަމަ އަހަރެވެ.
ބިޒްނަސް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރަކަށް އެލައިޑް އަދި ދިރާގެވެ. ގޯލްޑް ސްޕޮންސަރުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ކޯލައިން މޯލްޑިވްސް އަދި އެޓޯލް މާކެޓްއެވެ.