ޝަހީދާ އަބްދުﷲ ސައީދު
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން އިއުލާން ކުރެއްވުމާ ހަމައަށް ވެސް އެމްޑީޕީން އެއްވެސް އިޝާރާތެއް ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުވާދު މިހެން ވިދާޅުވީ އޭނާ އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ. ފުވާދު ތައުފީގު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އޭނާ ކޮލަމްބޯގައި 43 މަސް ދުވަހު ހުންނެވިއިރު، އެދުވަސްތަކުގައި އެމްޑީޕީގެ ލީޑަޝިޕާ ވަރަށް ގާތުން މަސައްކަތް ކުރައްވާފައި ވާނެ ކަމަށާއި، ނަމަވެސް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތުމާ ހަމައަށްވެސް އެމްޑީޕީން އެއްވެސް އިޝާރާތެއް ކުރައްވާފައި ނުވާކަމަށެވެ.
ފުވާދު ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް ނިންމަވައި މިހާރު އެކަން އިއުލާނުވެސް ކުރައްވާފައިވާ ކަމަށާއި ދެން އެ ނިންމުން ބަދަލު ނުކުރެއްވޭނެ ކަމަށެވެ.