އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އެއް އަހަރު ފުރޭ ދުވަސް ވާނީ ދެވަނަ އުފަން ދުވަަހަށް: އަދުރޭ

އަހުމަދު ޖައިޝަން

3

ޕީޕީއެމްގެ އަހަރީ ދުވަހުގެ ހިސާބާ ގުޅޭގޮތުން ދިމާވި މައްސަލައާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޖަވާބު ދެއްވައިފިއެވެ.

ޕީޕީއެމްގެ އަހަރީ ދުވަސް ހޯދުމަށް ސޯޝަލް މީޑިއާގައި ޖެއްސެވި ހިސާބު ދިމާ ނުވުމާ ގުޅިގެން އަބްދުއްރަހީމް އަށް ވަނީ ވަރަށް ގިނަ ފާޑުކިޔުން ރައްދުވެފައެވެ.

އަވަސް އޮންލައިންގެ "އަވަސް ހުކުރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ސޯޝަލް މީޑިއާގައި ގިނަ ފާޑުކިޔުންތަކެއް ރައްދުވި ނަމަވެސް އަދިވެސް ދެކިލައްވަނީ އެ ހިސާބު ރަނގަޅު ކަމަށެވެ. އެގޮތުން އެ ހިސާބުގެ މިސާލެއް އަދުރޭ ވަނީ ދެއްވާފައެވެ.

"މިއަދު އުފަންވާ ކުއްޖާ މީގެ އެއް އަހަރު ފަހުން އަންނާނީ އޭނަގެ ކިތައް ވަނަ އުފަން ދުވަސްތޯ، މިއަދު އުފަންވީ އެހެންވެ މިއަދު ވާނީ ފުރަތަމަ އުފަން ދުވަހަށް، އެހެންވެ އެއް އަހަރު ފުރޭ ދުވަސް ވާނީ ދެވަނަ އުފަން ދުވަަހަށް، އޭގެ މާނައަކީ އެއީ އެއް އަހަރު ފުރޭ ދެވަނަ އުފަން ދުވަސް،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފާޑު ކިޔާ ފަރާތްތަކަށް ނޭނގޭ ކަމަށާއި އެފަދަ ކަންތައްތަކަކީ މާބޮޑަށް ޒާތީ ކަންތައްތައް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟