ޑިޒްނީގެ ކާޓޫންތަކަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަޝްހޫރު ކާޓޫންތަކެވެ ހާއްސަކޮށް ޑިޒްނީ ޕްރިންސެސް އިންނާއި ޕްރިންސުންގެ ޖާދޫގައި ޖެހިފައި އެތައް އިރަކު ކާޓޫން ބަލަން ތިބެވިދާނެއެވެ. "ޕްރިންސެސް އެންޑް ދަ ފްރޮގް" ކާޓޫންގެ ޕްރިންސްގެ ރޯލު އަދާކުރާ ނަވީން އަކީ ދިވެހިރާއްޖެއަށް ނިސްބަތްވާ މީހެއްކަން އެނގޭ ހެއްޔެވެ؟
ގަބޫލު ނުކުރެވެނީ ހެއްޔެވެ؟ ގަބޫލު ނުކުރެވޭނަމަ އިންޓަނެޓް ނަވީން ޕްރިންސް ރޭސް ޖަހާފައި ހޯދުމުން މިދައްކަނީ ތެދު ވާހަކައެއް ކަން ގަބޫލު ކުރެވޭނެއެވެ. އެ ކާޓޫންގައި ނަވީންގެ ގައުމުގެ ނަމަކަށް އޮންނަނީ މަލްޑޯނިއާއެވެ. މަލްޑޯނިއާ އަކީ ޔޫރޭޝިން އަށް ނިސްބަތްވާ ގައުމުކަށް ކިޔާ ނަމެކެވެ. އެގޮތުން އެ ނަން ނިސްބަތްވަނީ ދިވެހި ރާއްޖެ އާއި މެސިޑޯނިއާ އަށެވެ. މީގެ އިތުރުން "ނަވީން" މިނަމަކީވެސް ސާންސްކްރިތު ނަމެކެވެ.
ޕްރިންސް ނަވީން ނިސްބަތްވަނީ ރާއްޖެއަށް ކަން އެނގުމުން ވަރަށް ގިނަ ބަޔަކު ވަނީ ޓުވީޓާގައި އެވާހަކަތައް ދައްކައިފައެވެ. ޕްރިންސެސް އެންޑް ދަ ފްރޮގް ކާޓުން އަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގްބޫލު ކާޓޫންއެކެވެ. އެ ކާޓުންގައި ޕްރިންސެސްއެއްގެ ރޯލު އަދާކުރަނީ ޓިއަނާއެވެ.