ޕީޕީއެމް

ޕީޕީއެމްގެ ނައިބު ރައީސުންނަށް އާޒިމާ، އަދުރޭ، ސައީދު އަދި ޒަމީރު އިންތިހާބުކޮށްފި

ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ހަތަރު ބޭފުޅަކު އިންތިޚާބުކޮށްފިއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ އެ ޕާޓީގެ ގައުމީ ޖަލްސާގައި ނައިބު ރައީސް ކަމަށް އިންތިޚާބު ކޮށްފައިވަނީ މިހާރުވެސް ނައިބު ރައީސް ކަމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެބޭފުޅުންގެ ތެރެއިން އާޒިމާ ނައިބު ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވީ ގައުމީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އަދުރޭއަށެވެ.

ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ނަން އަނބުރާ ގެންދަވާފައެވެ. ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ނަން އަނބުރާ ގެންދަވާފައެވެ.

ވޯޓު ލިބިވަޑައިގެންނެވި ގޮތުގެ ތަފްސީލް:

  • މުހައްމަދު ސައީދު: 168 ވޯޓު
  • ޑރ. މުހައްމަދު ޝައިނީ: 140 ވޯޓު
  • މޫސާ ޒަމީރު: 220 ވޯޓު
  • އަބްދުއްރަހީމް އަބްދުﷲ: 234 ވޯޓު


ޕީޕީއެމްގެ ގައުމީ ޖަލްސާގައި ވަނީ އެ ޕާޓީގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންތިޚާބު ކޮށްފައެވެ. ގައުމީ ޖަލްސާގައި ޖުމްލަ 268 މީހުން ވަނީ ބައިވެރިވެފައެވެ.