ސުޝާންތު ސިންގު ރާޖުޕުތު ގެ ރިލީޒް ވާނެ ފަހު ފިލްމުގެ ލީޑްރޯލުން ފެނިގެންދިޔަ ސަންޖަނާ ސަންހީ، މުމްބާއީ އަށް ދެން ނާންނާނެ ކަހަލަ އިޝާރާތެއް ދީފިއެވެ.
ވަރަށް އަވަހަށް އޮންލައިން ޕްލެޓްފޯމުތަކުގައި ރިލީޒް ކުރެވޭނެ ކަމަށް ބެލެވޭ ފިލްމު "ދިލް ބޭޗާރާ" އިން ފެނިގެންދިޔަ ސަންޖަނާ ވަނީ އިއްޔެ ދިއްލީއަށް ފުރަމުން އޭނާގެ ފޮޓޯއެއް ހިއްސާކޮށް ލިޔުންކޮޅެއް ސަޕޯޓަރުންނަށް ދޫކޮށްލައިފައެވެ.
ސަންޖަނާ ބުނެފައިވަނީ މުމްބާއީ އަށް ވަރަށް ސަލާމް ކަމަށެވެ. އޭނާ އެނބުރި ދިއްލީއަށް ފުރަނީ ކަން ފާހަގަކުރަމުން ސަންޖަނާ ބުނެފައިވަނީ، މުމްބާއީ އޭނާއަށް ވީ ވަރަށް ތަފާތު ސިޓީއަކަށް ކަމަށެވެ. ހިތުގައި ހުރި އުދާސްތައް އޭނާ މުމްބާއީއާ ދޭތެރޭ ދުށް ނަޒަރިއްޔާ ބަދަލުކޮށްލައިފި ކަމަށެވެ. ފަހަރެއްގައި ދެން ދުވަހަކުވެސް މުމްބާއީއަށް ނުގޮސްދާނެ ކަމަށް ސަންޖަނާ އެންމެ ފަހުން ބުނެފައި ވެއެވެ.
ސުޝާންތު ސިންގު ރާޖުޕުތު އަމިއްލަޔަށް މަރުވުމާ ގުޅިގެން ފުލުހުން ވަނީ ސަންޖަނާ ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގައިފައެވެ. އެގޮތުން ދިލް ބޭޗާރާގެ ޝޫޓިންތަކުގެ ތެރެއިން ސުޝާންތު އާއި ސަންޖަނާ އާއި ދެމީހުން ވަރަށް މައްސަލަ ޖެހިފައިވާ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.