މެގާ ސްޓާރ އަދި ޕޮލިޓީޝަން އެންޓީ ރާމާ ރާއޯގެ ދިރިއުޅުމާ ގުޅޭ ގޮތުން ހަދާ ފިލްމްގެ ވިދްޔާ ބާލަންގެ ލުކް ދައްކާލައިފިއެވެ.
އެންބީކޭ ފިލްމްސްގެ ޓުވިޓާގައި ޕޯސްޓް ކޮށްފައިވާ ފޮޓޯގައި ވިދްޔާ ފެންނަނީ ހާމޯނިއަމް އެއް ކުޅެން އިންނަތަނެވެ. ލާފައި ހުރީ ޓްރެޑިޝަނަލް ސައުތު އިންޑިއަން ސިލްކް ސާރީ އަކާ އޭގެ ޖުވެލަރީސް އެވެ. ބަތަލު ބަލަކްރިޝްނާ ވިދްޔާ ގާތުގައި ހާމޯނިއަމް ކައިރީ ފޮޓޯގައި އިންނަތަން ފެނެއެވެ.
މި ފިލްމުގެ ޓްރެއިލާ ރިލީސް ކުރަން ހަމަޖެހިފައިވަނީ މިއަދުއެވެ.
އެންޓީ ރާމާ ރާއޯ އަކީ އިންޑިއާގެ މަގްބޫލު ބަތަލެކެވެ. އޭނާ އަކީ ޕްރޮޑިއުސަރެއް އަދި ޑައިރެކްޓަރެއްވެސް މެއެވެ. އަދި އެޑިޓް ކުރުމާ ސިޔާސީ ދާއިރާގައިވެސް ރާމާ ރާއޯ ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާ ވަނީ އިންޑިއާގެ އަންދްރާ ޕްރަދޭޝްގެ ޗީޕް މިނިސްޓަރުކަން ހަތް އަހަރު ކޮށްފައެވެ.