ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ މަސައްކަތާ ގުޅޭގޮތުން ފުލުހުންގެ އިސް ބޭފުޅުންނާ އީސީން ބައްދަލުކޮށްފި އެވެ.
މިއަދު ހެނދުނު ބޭއްވި އެ ބައްދަލުކުރެއްވުމުގައި އީސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެކި މަސައްކަތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން އީސީން އިންތިހާބަށް ތައްޔާރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރުން އިންތިހާބުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމާގުޅޭ ގޮތުން ވެސް ވަނީ މަޝްކުރި ކަމަށް ޕޮލިސް ލައިފްގައި ބުނެފައިވެ އެވެ.
މީގެ ކުރިން އީސީން ވަނީ ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓް ކޯޕްސްގެ ބޭފުޅުންނާއި އިންތިހާބުތަކުގެ ވޯޓުލާ މަރުކަޒުގެ އިންތިޒާމުތަކާމެދު މަޝްވަރާކޮށްފައެވެ.