ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގެ އިންތިޒާމް ފުރިހަމައަށް ގެންދިއުމަށްޓަކައި އިލްކެޝަން ކޮމިޝަން، އީސީ އިން ކެޑޭޓް ކޯޕްސްގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި އެވެ.
އީސީ އިން ކެޑޭޓް ކޯޕްސްގެ ބޭފުޅުންނާއި ބައްދަލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގެ އިންތިޒާމް ފުރިހަމައަށް ގެންދިއުމަށްޓަކައި ކެޑޭޓް ކޯޕްސްގެ އެހީތެރިކަން ހޯދުމާއި ގުޅެ ގޮތުން މަޝްވަރާކުރުމަ ށެވެ.
މީގެ ކުރިން އީސީއިން ވަނީ މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަންގެ ބޭފުޅުންނާއި ވެސް މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގެ އިންތިޒާމް ފުރިހަމައަށް ގެންދިއުމަށް އެ އެސޯސިއޭޝަންގެ އެހީތެރިކަން ހޯދުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަަށް ބައްދަލު ކޮށްފައެވެ.