އެމްޓީޑީ

އެމްޓީޑީގެ ފުރަތަމަ ޖަލްސާ މިމަހުގެ 24 ގައި ބާއްވަން ނިންމައިފި

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުފެއްދުމަށް ބާއްވާ ފުރަތަމަ ޖަލްސާ މިމަހުގެ 24 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް އެމްޓީޑީގެ މުސްތަޝާރު އިސްމާއީލް އާސިފު ވިދާޅުވެއްޖެއެވެ.

އެމްޓީޑީގެ ފުރަތަމަ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ އިއްޔެއެވެ.

އެޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ މެމްބަރު ޝިޕް ފޯމު އީސީއަށް ހުށަހަޅާފައިވަނީ މިމަހުގެ 18 ގައެވެ. އެމްޓީޑީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުއެވެ.

އަލަށް އުފައްދާ އެމްޓީޑީއަށް ސޮއިކުރާ ފަރާތްތަކުގެ ތެރޭގައި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުންދާ ޒުވާނުން ހިމެނެއެވެ.