މެންބަރު އަބްދުﷲ ރިޔާޒް

މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމަށް ކޯލިޝަން އިޚުލާސްތެރި ނިޔަތެއްގައި ތިބުން މުހިންމު: އަބްދުﷲ ރިޔާޒު

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ކާމިޔާބު ކުރުމަށްޓަކައި ކޯލިޝަންގެ ބައިވެރިން އިހުލާސްތެރި ނިޔަތެއްގައި ތިބުން މުހިންމު ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ރިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަން އެކުގައި މަސައްކަތް ކުރުމަށް 1819 ގެ ނަމުގައި ކޮމެޓީއެއް ހަދައި، އެކުގައި ކުރިއަށް ދިއުމަށް އެއްބަސްވެގެން ކުރި މަސައްކަތުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނު ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކޯލިޝަން ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް ކޯލިޝަން އެކުގައި އިހުލާސްތެރި ނިޔަތެއްގައި ތިބުން މުހިންމު ކަމަށް ރިޔާޒުގެ ޓުވީޓުގައި ވެއެވެ.

މީގެއިތުރުން ރިޔާޒު މިއަދު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީ އޮތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާއެކުު އިހުލާސްތެރި ބައިވެރިއެއްގެ ގޮތުގައި އަދި ވެފައިވާ އެއްބަސްވުން މަތީގައި ކަމަށެވެ.

އަދި ކުރިއަށް ދާނީވެސް ކުރިއަށް ދާން ބޭނުންވަނީ ވެސް ވެފައިވާ އެއްބަސްވުމާއެކު ރައްޔިތުން އެދޭ އުންމީދުތައް ހާސިލުކޮށްދޭ ބައިވެރިއެެއްގެ ގޮތުގައި ކަމަށް ރިޔާޒުގެ ޓުވީޓުގައި ވިދާޅުވިއެވެ.