މުނިފޫހިފިލުވުން

ސުޝާންތުގެ ލޯބިވެރިޔާ ރިއާ ވެސް އިންސްޓަގްރާމުގައި ކޮމެންޓް ކުރެވޭ ވަރު ލިމިޓް ކޮށްފި

އީމާ މުހައްމަދު ވަހީދު

ސުޝާންތު ސިންގު ރާޖުޕުތު އަމިއްލައަށް މަރުވީ މިމަހުގެ 14 ވަނަ ދުވަހު މުމްބާއީގެ ބާންޑްރާގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ. ކެދާރުނާތު ގައި ލީޑްރޯލުން ފެނުނު ސުޝާންތުގެ ހަށިގަނޑުގެ ޕޯސްޕޯޓަމް ހެދުމުން އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި ވަނީ ދަންޖެހުމުން ނޭވާ ހާސްވެގެންނެވެ.

ސުޝާންތުގެ މަރު ބާންޑްރާގެ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އޭނާގެ އެކުވެރިންނާއި ލޯބިވެރިޔާ ރިއާ ޗަކަރަބޮތީގެ ބަޔާން ވެސް ވަނީ ނަގައިފައެވެ. ސުޝާންތުގެ މަރުގެ ޒިންމާ ބޮލީވުޑްގެ ބައެއް ޑައިރެކްޓަރުންނާއި މަޝްހޫރު ތަރިން ނަގަން ޖެހޭނެ ކަމަށް ގިނަ އާއްމުން އަންނަނީ ބުނަމުންނެވެ. ސަބަބަކީ ސުޝާންތު ބޮލީވުޑްގައި އެކަނި ކޮށްލާފައި ބެހެއްޓުމެވެ.

ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮތީ އަށްވެސް ވަނީ އާއްމުންގެ ނަފްރަތާއި ފާޑުކިޔުންތައް އަމާޒު ވެފައެވެ. އެކަންކަމަށް ކެތް ނުކުރެވިގެން ބޮލީވުޑްގެ މަޝްހޫރު އެހެން ފަންނާނުން ހެން ރިއާ ޗަކަރަބޮތީވެސް މިވަނީ އޭނާގެ އިންސްޓަގްރާމު ޕޯސްޓްތަކަށް މީހުންނަށް ކޮމެންޓް ކުރެވޭ މިންވަރު ލިމިޓް ކޮށްފައެވެ.

ރިއާ ވަނީ އޭނާގެ އިންސްޓަގްރާމު ބައެއް ޕޯސްޓްތަކަށް ކޮމެންޓް ނުކުރެވޭ ގޮތް ވެސް ހަދައިފައެވެ. ރިއާގެ އިތުރުން އާލީއާ ބަޓް އަދި ސޯނަމް ކަޕޫރު ފަދަ މަޝްހޫރު ތަރިންވެސް ވަނީ އެމީހުންގެ އިންސްޓަގްރާމު ޕޯސްޓްތަކުގައި ކޮމެންޓް ނުކުރެވޭ ގޮތް ހަދައިފައެވެ.