ވިޔަފާރި

ހުޅުދެލީގެ ބަނދަރު އަޕްގުރޭޑް ކުރުމުގެ މަސައްކަތް ފަށައިފި

މަރިޔަމް ޝަހުދާ

ދ. ހުޅުދެލީގެ ބަނދަރު އަޕްގުރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، މި ޕްރޮޖެކްޓުގެ އީއައިއޭ ރިޕޯޓަށް ހުއްދަ ލިބުނީ މިދިޔަ އޭޕްރީލް މަހު 30 ވަނަ ދުވަހު ކަމަށާއި މަސައްކަތް ފަށާފައިވަނީ އިއްޔެ ކަމަށެވެ.

ގާތްގަނޑަކަށް އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހުޅުދެލީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް 39.8 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ޕްރޮޖެކްޓުގެ ދަށުން ހުޅުދެލީ ބަނދަރުގެ 45,585 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް 277 މީޓަރުގެ ބޭރު ތޮއްޓަކާއި 432 މީޓަރުގެ އެއްގަމު ތޮއްޓެއް ލާނެއެވެ.

އޭގެ އިތުރުން މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި 60 މީޓަރުގެ ގުރޯއިން ޖެހުން ހިމެނޭއިރު 2160 ސްކޮޔާ މީޓަރު ޕޭވްމަންޓު ހެދުމާއި 20 މޫރިން ބުލޮކް ލުމާއި 21 ބަނދަރު ބައްތި ހަރުކުރުރުމާއި ދެ ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި ޕްރޮޖެކްޓުގައި ހިމެނެއެވެ.