ބިއުޓީ

ފާޑުކިޔުންތައް ބޮޑުވެ، "ފެއާ އެންޑް ލަވްލީ" އިން "ފެއާ" ބަސް ނަގަނީ

އީމާ މުހައްމަދު ވަހީދު

"ބްލެކް ލައިވްސް މެޓާސް" މިއީ މިހާރު އެންމެން ދައްކަމުން އަންނަ ވާހަކައެވެ. މިކަހަަލަ ވާހަކަތަކެއް އަޑުހަރުކޮށް ދެކެވެމުން ދަނިކޮށް ހިންދުސްތާނު ޔުނިލިވާ އިން މިވަނީ "ފެއާ އެންޑް ލަވްލީ" ކްރީމުން "ފެއާ" ބަސް ނެގުމަށް ނިންމައިފައެވެ.

ފެއާ އެންޑް ލަވްލީގައި ދޮން މީހުންނަށް ހުރިހާ އިސްކަމެއް ދީފައިވާތީ މީގެ ކުރިންވެސް ވަނީ ގިނަ ބަޔަކު ފާޑު ކިޔައިފައެވެ.

އެގޮތުން ޔުނިލެވާ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އިންސާނާގެ ރީތިކަން ފާހަގަކުރުމަށްޓަކައި ހަންގަނޑުގެ ހުރިހާ ކުލަތަކަށް ބައްޓަން ކޮށްގެން ކްރީމުތައް ތައްޔާރުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެގެން "ފެއާނެސް" އަދި "ވައިޓްނިންގް" ފަދަ ބަސްތައް އެމީހުންގެ ފޭސް ކުރީމުތަކުގައި އިތުރަށް ބޭނުން ނުކުރަން ނިންމާފައިވާ ކަމަށް އެ ޓުވީޓްގައި ބުނެފައި ވެއެވެ.

ފެއާ އެންޑް ލަވްލީގެ ބްރޭންޑް ނަން ބަދަލުކުރަން ނިންމާފައިވާ ކަމަށްވެސް އެ ޓުވީޓްގައި ބުނެފައި ވެއެވެ. އެގޮތުން ކްރީމުގެ ނަން ރިބްރޭންޑް ކުރާއިރު، ފެއާ ބަސް ނުހިމަނާނެ ކަމަށްވެސް ފާހަގަކުރިއެވެ